ދެކުނު ރަށެއްގައި 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ފުރަތަމަ ހައްޔަރު ކުރިމީހާގެ އިތުރުން އަނެއްކާވެސް އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

ދެކުނުގެ ސަރަހައްދުގެ (ގއ، ގދ، އައްޑޫ ސިޓީ އަދި ފުވައްމުލައް) ހިމެނޭ ސަރަހައްދުގެ ރަށެއްގައި 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއް ރޭ 23:02 ގައި ފުލުހުންނަަށް ރިޕޯޓް ކޮށްފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ފަހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނެކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި އެންމެ ފުރަތަމަ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭގައި 63 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން އިތުރަށް ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފަހަކަށް އައިސް ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ އިތުރުވަމުން އަންނަނީ އިތުރުވަމުންނެވެ.