އިންޑިއާ މީހަކު ފަސިންޖަރެއްގެ ބޮލަށް ހީސްލައިފިއެވެ. ނިއުޔޯކުން ފުރައިގެން އިންޑިއާގެ އިންދިރާގާނދީ އެއަރޕޯޓަށް ދަތުރުކުރި އެމެރިކަން އެއަރލައިންގެ މަތިންދާބޯޓުގައި ދަތުރު ކުރި އިންޑިއާ މީހަކު ޖެހިގެން އިން ފަސިންޖަރު ގަޔަށް ހީސްދުއްވާލި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ސިވިލްއެވިއޭޝަން އޮތޯރިޓީން ބުނެއެވެ.
އެމެރިކަން އެއަރލައިންސްއިން ވަނީ ބޯޓު ޖެއްސުމުގެ ކުރިން މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފައެވެ. އަދި ފަސިންޖަރުވެސް ވަނީ ކޭސް ފައިލްކޮށްފައެވެ.
މީގެ ކުރިން އެއަރ އިންޑިއާ ފްލައިޓެއްގައިވެސް އަންހެނެއްގެ ގަޔަށް އިންޑިއާ މީހަކު ހީސް ދުއްވާލާފައި ވެއެވެ. އަދި ބެންކޮކުން އައި ފްލައިޓެއްގައި ތަޅައިގެންފައި ވެއެވެ.