ގދ. ވާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިއަށް އަމިއްލަ ގޮތުން އިންތިޚާބުވެފައިވާ ލިއުޝާ އިބްރާހީމް އެމްޑީޕީއަށް ސޮއިކޮށްފިއެވެ.

އޭނާ އެމްޑީޕީއަށް ސޮއިކުރީ އޭނާއަކީ ޕީޕީއެމްގެ މެމްބަރެއް ކަމަށް އެޕާޓީން ބުނެފައިވަނިކޮށްނެއެވެ. "ގދ. ވާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ހޮވުނު ލިއުޝާ އިބްރާހީމް އަކީވެސް ޕީޕީއެމް މެންބަރެއް. ލިއުޝާ އިބްރާހީމްވެސް އިންތިޚާބުވީ ވާދަކުރާނެ އެހެން ކެންޑިޑޭޓަކު ގދ. ވާދޫގައި ނެތުމުން،" ޕީޕީއެމުން އިއްޔެ ބުނެފައިވެއެވެ.

ޕީޕީއެމުން އިއްޔެ އެހެން ބުނެފައިވަނިކޮށް ލިއުޝާވަނީ އެމްޑީޕީއަށް ސޮއިކުރުމަށްފަހު އޭނާގެ މެމްބަރޝިޕް ފޯމް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންޑިރެކްޓަރ އަދި ގައްދޫ ދާއިރާގެ އެމްޑީޕީގެ ރައީސް އަޙުމަދު ސައީދާ ހަވާލުކޮށްފައެވެ.

ލިއުޝާ އެމްޑީޕީއާ ގުޅުމުން އެޕާޓީން ވަނީ އޭނާއަށް މަރުހަބާ ކިޔައިފައެވެ. "ގދ ވާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އަމިއްލަގޮތުން އިންތިޚާބުވެފައިވާ ލިޔުޝާ އިބްރާހީމް ކެސަނޯވާ ގދ ވާދޫ މިޕާޓީއާއި ގުޅިވަޑަގެންނެވުމުން މަރުހަބާ ދަންނަވަން،" އެމްޑީޕީން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވެއެވެ.