މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމާ އެޕާޓީގެ ރިޔާސީ ޓިކެޓް ހަވާލު ކުރުމުގެ ބޮޑު ޖަލްސާ އާޓިފިޝަލް ބީޗުގައި ބޭއްވުމަށް އެޕާޓީން ނިންމައިފިއެވެ.

އެމްއެންޕީން ބުނެފައިވަނީ އެ ޖަލްސާ އޮންނާނީ މެއި ފަސްވަނަދުވަހުގެ ރޭ އަށްގަޑި ތިރީހުގައި ކަމަށެވެ. މިޖަލްސާގައި އެ ޕާޓީގެ ރިޔާސީ ކެންޕޭން ރަސްމީކޮށް ފެށުން ވެސް އޮންނާނޭއެވެ.

އެމްއެންޕީއަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމައި މިހާރުވެސް ކެންޕޭން ކުރަމުން އަންނަ ޒުވާން ޕާޓީއެކެވެ. އެޕާޓީގެ ރިޔާސީ ޓިކެޓު އެޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޒިމް ކާމިޔާބު ކުރެއްވީ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލުމުން އޭނާ ނޫން މީހަކު އެކަމަށް ކުރިމަތި ލައްވާފައި ނުވާތީ އިންތިޚާބަކާ ނުލައެވެ.

ނާޒިމަކީ ސަރުކާރުގެ ޒިންމާދާރު ވަޒީފާތަކެއް ކާމިޔާބު ކަމާއެކު އަދާ ކުރައްވާފައިވާ ލީޑަރެކެވެ. އޭނާގެ މޭސްތިރި ކަމުގެ ދަށުގައި އެމްއެންޕީ ދަނީ ކުރިއެރުން ތަކެއް ހޯދަމުންނެވެ.