ބުޅާ މަރާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަނީި

1
މާލޭގައި ބުޅާ މަރަމުންދާ މައްސަލަ ބަލައިދިނުމަށް އެދި މިއަދު ވަނީ ފުލުހުންނަށް ޕެޓިޝަނަެއް ހުށަހަޅާފައި

މާލޭގައި އަނިޔާވެރިކޮށް ބުޅާ މަރާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަަލަން ފަށާފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން ފުލުހުންގެ އިދާރާއިން ކުރި ޓްވީޓެއްގައި ވިދާޅުވީ، މާލޭގައި އަނިޔާވެރިކޮށް ބުޅާ މަރަމުންދާތީ އެކަން ހުއްޓުވައިދިނުމަށް އެދި ރައްޔިތުންގެ ތެރެއިން ބަޔަކު ފުލުހުންނަށް ޕެޓިޝަނެއް ހުށަހަޅާފައިވާކަމަށެވެ.

“މި މައްސަލައަކީ މޯލްޑިވްސް ޕޮލިސް ސާވިސްއިން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ މައްސަލައެއް”. ފުލުހުން ޓްވީޓުގައި ބުނެފައިވެއެވެ.

Advertisement

ފުލުހުން މިގޮތަށް ވިދާޅުވެފައި މި ވަނީ މާލޭގެ ބައެއް ހިސާބުތަކުގައި އަނިޔާވެރިގޮތަކަށް ބުޅާ މަރަމުންދާ މައްސަލަތަކެއް ފެންމަތިވެ މީސް މީޑިއާގައި މިކަމާ ގުޅޭ ހަބަރުތައް ފެތުރެމުންދަނިކޮށެވެ. އަދި މިކަމާ ގުޅޭގޮތުން ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު އަންނަނީ މީސް މީޑިއާގައި އެކަމާއިގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިކަމާއި ގުޅިގެން މިއަދު  ފުލުހުން ވިދާޅުވީ، މާލޭގައި ބުޅާ މަރަމުންދާ މައްސަލަ ފުލުހުން ބަލަންފަށާފައިނުވަނީ އެއްވެސް ފަރާތަކުން އެ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހަޅާފައި ނެތުމުން ކަމަށެވެ. ނަމަވެސް މިކަމަކީ ފުލުހުން މީގެ ކުރިންވެސް ބަލާފައިވާ މައްސަލައެކެވެ.

ބުޅާތައް މަރަމުންދާ މައްސަލައިގައި، ރާއްޖޭގައި ގެންގުޅޭ ޖަނަވާރުތަކުގެ ހިމާޔަތުގައި މަސައްކަތް ކުރާ ހިމޭން ސޮސައިޓީ އޮފް މޯލްޑިވްސް އިން ވަނީ މިދިޔަ ހޮނިހިރުދުވަހު މާލޭ ސިޓީ ކައުންސިލާ ބައްދަލުކޮށް، އެކަމަށް ހައްލެއް ހޯދުމަށް މަޝްވަރާ ކޮށްފައެވެ.

ރާއްޖޭގެ ގާނޫނުލް އުގޫބާތުގައި، ޖަނަވާރުންނަށް އަނިޔާ ކުރުމަކީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައިވެއެވެ. އެހެންކަމުން ބުޅާ މަރަމުންދާ މައްސަލަ ފުލުހުން ބަލަންޖެހޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި ޤާނޫނުލް އުޤޫބާތުގައި ވާގޮތުން ޖަނަވާރަށް އަނިޔާ ކުރުމުގެ ކުށުގެ އަދަބެއްގެ ގޮތުން އެއް މަހާއި ހަ ދުވަހުގެ މުއްދަތަކަށް އެކަން ކުރި ބަޔަކު ޖަލަށްލެވިދާނެއެވެ.

Advertisements

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here