މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާރވިސް(މެޓް)އިން ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފިއެވެ.

މެޓުން ހުދު ސަމާލު ނެެެރެފައިވަނީ ވ އަތޮޅުން ފެށިގެން ތ އަތޮޅާހަމައަށެވެ.

އެގޮތުން މޫސުމާ ބެހޭ އިދާރާއިން، މި ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 14:00 ފެށިގެން އިރުއޮއްސި 19:00 ހަމައަށެވެ.

މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާރވިސް(މެޓް)އިން ވަނީ އިއްޔެވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފައެވެ.