ޔޫރަޕްގެ ޖަމާއަތުގެ ޖަރުމަންވިލާތުގެ ރައީސާއަކީ ތަންދޮރު ނުދަންނަ މީހެއްބާވައެވެ؟ ނޫނީ ނާޒީންގެ އަމަލުތަކަށް ކައްފާރާއެއްގެ ގޮތުގައި އޭނާ ފަލަސްތީނު މީހުންގެ ހައްގުތައް ހަނދާނުން ނައްތާލަނީ ބާވައެވެ.

ފަލަސްތީނު މީހުންގެ ނަސްލު ދޮވެލުމަށް އިޒްރޭލުން ހިންގާފައިވާ ޖަރީމާ ނަކްބާއަށް މިއަހަރު 75 އަހަރު ފުރޭއިރު އުރްސަލާ ވިން ޑަ ލިއޮން ވަނީ އިޒްރޭލު މީހުން ފަލަސްތީނުގެ ބިމަށް އައިސް އެތަން ފެހިކޮށް އާރާސްތު ކުރިކަމަށް ބުނެ ޒަޔަނިސްޓުންނަށް ތާއީދުކޮށް ވާހަކަ ދައްކާފައެވެ.

ޔަހޫދީންގެ ހޮލޮކޯސްޓް އޭނާގެ ކާބަފައިން ހިންގުމުން ހުރިހާ މުސީބާތެއް ފަލަަސްތީނު މީޙުންނަށް

ދުނިޔޭގައި ދެ ހަނގުރާމަ ހިންގައި ހިޓްލަރުގެ ކާރިސާ ދުނިޔެއަށް ކުރިމަތި ކުރި ޖަރުމަން މީހުން ފަލަސްތީނު މީހުންގެ ކާރިސާ މަތިން ހަނދާން ނައްތާލާނަމަ އެމީހުން ހިތްވަރުދީ ތާއީދު ކުރަނީ އިޒްރޭލު މީހުން ހިންގާ ފަލަސްތީނުގެ މީހުންގެ ހޮލޮކޯސްޓަށެވެ.

2019ން ފެށިގެން ޔޫރަޕްގެ ޖަމާއަތުގެ ރައީސަށް ހުންނަ ޖަރުމަން މީހަކު އިޒްރޭލުގެ ހޮލޮކޯސްޓަށް ތާއީދު ކުރާނަމަ އެއީ މައްސަލައެކެވެ.

ޔޫރަޕްގެ ޖަމާއަތުގެ ރައީސް ވަނީ އޭނާގެ ކާބަފައިން ޔަހޫދީން ނަސްލު ނެތިކޮށްލުމަށް ހިންގި ޖަރީމާގައި ސަލާމަތްވި ޔަހޫދީން ފަލަސްތީނު މީހުންނަށް ޖެއްސަމުންދާ ހާލަތަށް ކަނުލޮލެއް ދީ އިޒްރޭލުގެ ޖަރީމާތައް މަތިން ހަނދާން ނައްތާލައި ބުރު ސޫރަ ރީތި ކުރުމަށް މަސައްކަތް ކޮށްފައެވެ.