އިސްރާއީލުގެ ޒަޔަނިސްޓުން މަސައްކަތް ކުރަމުން ދަނީ ގުދުސްގައި ހުރި އިސްލާމީ ހަޟާރީ ތަރިކަތަކުގެ ސިފަ ބަދަލުކޮށް މަސްޖިދުލްއަގްސާއަކީ ޔަހޫދީންގެ ތަނެއްކަމަށް ހެދުމަށްކަމަށް މަސްޖިދުލް އަގްސާގެ ވަގުފާ ބެހޭ އިދާރާއިން ބުނެއެވެ.
ވަގުފާ ބެހޭ އިދާރާގެ ނާޖީ ބަރަކާތު ވިދާޅުވާ ގޮތުގައި އިޒްރޭލު ސިފައިން ވަނީ ބާރު ރަޙމާ މިސްކިތަށް ހަމަލަދީ އެތަނަށް މުސްލިމުން ވަނުން މަނާކޮށް އެސަރަހައްދުގައި ޒަޔަނިސްޓް ޔަހޫދީން ހަރަކާތްތެރިވާން ހިތްވަރު ދީފައެވެ.
އޭނާ ވިދާޅުވީ ދާއިމީ ގޮތެއްގައި އެ މިސްކިތް ބަންދު ކުރުމުގެ ކުރިން ޒަޔަނިސްޓުން ދަނީ މުސްލިމުން އެކަމަށް ރައްދު ދޭނެ މިންވަރު ބެލުމަށް އަޖުމަ ބަލަމުންނެވެ.
އިޒްރޭލުގެ މަގްސަދަކީ ބާބުރަޙުމާ މިސްކިތް ޔަހޫދީ ފައްޅިއަކަށް ބަދަލު ކޮށްލާށެވެ.
ފަލަސްތީނުގެ ބޮޑު ވަޒީރު ވަނީ ބާބުރަޙުމާ މިސްކިތަކީ ގުދުސްގެ ބައެއް ކަމުގައި ވިދާޅުވެ އިޒްރޭލަށް ބާބުއްރަޙުމާ މިސްކިތް ގުދުސްގެ ހަރިންމައިން ވަކި ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.