މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާރވިސް(މެޓް)އިން ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑުބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.

މެޓުން ހުދު ސަމާލު ނެެެރެފައިވަނީ ނ އަތޮޅުން ފެށިގެން ގދ އަތޮޅާހަމައަށެވެ.

އެގޮތުން މޫސުމާ ބެހޭ އިދާރާއިން، މި ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 13:00 ފެށިގެން އިރުއޮއްސި 18:00 ހަމައަށެވެ.

މިދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާ ދުވަސްވަރެކެވެ. ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.