1444 ވަނަ އަހަރުގެ އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކަށް ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ރާއްޖެ އަންނަ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުލޭ ޕޯސްޓްގެ ސިފައިން ގެންދަނީ ފޮށިތައް ނަގައިދިނުމުގައާއި، އެފަރާތްތަކަށް ފެން ފޯރުކޮށްދިނުން ފަދަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށެވެ.

މީގެއިތުރުން، އެއަރޕޯޓުން ނިކުމެ ޓެކްސީތަކާ ހަމައަށް ގެންގޮސްދިނުމުގައި ސިފައިން ގެންދަނީ އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މި އަހަރުގެ އުމްރާގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި ރާއްޖެ އައި 1319 ފަރާތަކަށް ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.