ރިސޯޓު ތަރައްގީކުރަން ހަތަރު އަތޮޅަކުން ރަށް ދޫކުރަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ހަތަރު އަތޮޅުގެ ތެރެއިން ކޮންމެ އަތޮޅަކުން ރަށެއް ރިސޯޓު ތަރައްގީ ކުރަން ހުޅުވާލާނެ ކަމަށެވެ.

އެގޮތުން އެ ރަށްތައް އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ.

ރިސޯޓުގެ ގޮތުގައި 29 ރަށެއް ތަރައްގީ ކުރުމަށް ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ވެސް އިއުލާންކޮށްފައެވެ. އެ 29 ރިސޯޓު ތަރައްގީކުރަން ނިންމާފައިވަނީ "ވަން އައިލެންޑް ވަން ރިސޯޓު" ކޮންސެޕްޓަށެވެ.