ސާބިއާގެ ވެރި ރަށް ބެލްގްރޭޑްގެ އެލިމެންޓަރީ ސްކޫލެއްގައި މީހަކު މަރާލި ކުޑަކުއްޖަކު ހައްޔަރުކޮށްފިއެވެ. ބެލްގްރޭޑްގެ ކަމާބެހޭ ފަރާތްތަކުން ބުނެފައި ވާގޮތުގައި ބަޑިޖަހައި މީހަކު މަރާލައި އެތައް ބަޔަކު ޒަހަމްކޮށްލި ކަމުގެ ތުހުމަތުގައި، 27 އޭޕްރީލް ވީ ބުދަ ދުވަހު ކުޑަ ކުއްޖަކު ވަނީ ހައްޔަރުކޮށްފައެވެ.

މި ހާދިސާގައި ފަސް ކުއްޖަކު ވަނީ ޒަހަމް ވެފައެވެ. ހަބަރުތައް ބުނާ ގޮތުގައި ހައްޔަރު ކޮށްފައި ވަނީ ގްރޭޑް ހަތެއްގެ އުމުރުން 12،13 ވަރަކަށް އަހަރުގެ ދަރިވަރެކެވެ. ސާބިއާގެ މިނިސްޓްރީ އޮފް އިންޓަރނަލް އެފެއާޒުން ފޭސްބުކްގައި ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ސާބިއާގެ ވެރިރަށް ވްރަޗާގެ ވްލަޑިސްލާވް ރިބްނިކާރ އެލިމެންޓަރީ ސްކޫލުގައި ސްކޫލެއްގައި ބަޑިޖަހާފައިވާކަން ލޯކަލް ގަޑިން ހެނދުނު 8.40 ހާއިރު (އީޓީ ގަޑިން 2.40 ގައި) އަންގާފައިވާ ކަމަށެވެ.

"އެ ވަގުތު ލިބެން ހުރި ހުރިހާ ފުލުހުންގެ ޕެޓްރޯލްތައް އެތަނަށް ވަގުތުން ފޮނުވިން. ފުލުހުންނަށް އެހިސާބަށް ދެވުނު އިރުވެސް ސުކޫލު ގޯތިތެރޭގައި އެކުއްޖާ ވަނީ ބަޑި ޖަހާފައި. ގްރޭޑް ހަތެއްގެ މިދަރިވަރު ބޭނުން ކޮށްފައި ވަނީ އޭނާގެ ބައްޕަގެ ބަޑި. ސުކޫލުގެ ސެކިއުރިޓީގާޑަށާއި އެތައް ދަރިވަރުންނަކަށް ވަނީ ޝޫޓް ކޮށްފައި،" މިނިސްޓަރީ އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ޒަޚަމްވި މީހުންނަށް ސިއްހީ ފަރުވާ ދެމުން އަންނަކަމަށާއި މިހާދިސާ މެދުވެރިވާން ދިމާވި މައްސަލައާއި ހާދިސާއާ ބެހޭ އެހެނިހެން ހަގީގަތްތަކާއި ހާލަތު ޔަގީންކޮށް ކަށަވަރު ކުރުމަށް ފުލުހުން އަންނަނީ ވަރަށް ސީރިޔަސްކޮށް މިމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.