ރަސްދޫ ޕޮލިސް ސްޓޭޝަނުން ފިލި މީހާއަކީ މަސްތުވާތަކެތީގެ ކުށުގެ ރިކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ބެލުމުގެ ދަށުގައި ހުއްޓާ ފިލާފައިވަނީ އއ. ހިމަންދޫ /ދަބުގެ، އުމުރުން 25 އަހަރުގެ ޙުސައިން ޝަޙްބާންއެވެ. އަދި ޙުސައިން ޝަޙްބާން އަކީ މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ، އެތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ މީހެއްކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެއެވެ.

ޙުސައިން ޝަޙްބާން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަދި އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ރަސްދޫ ޕޮލިސް ސްޓޭޝަނަށް ގުޅާ މައޫލޫމާތު ޙިއްސާކުރެއްވުމަށްވެސް ފުލުހުން އެދިވަޑައިގަންފައިވެއެވެ.

ޙުސައިން ޝަޙްބާން ފިލައިފަިވަނީ ރޭގެ ވަގުތެއްގައި އއ. ރަސްދޫ ޕޮލިސް ސްޓޭޝަނުގެ ހުރި ގޮޅިއަކުން ނެރެފައި ހުއްޓައެވެ.