ފުލުހުންގެ ބަންދުގައި ހުއްޓާ ފިލުމާ ގުޅިގެން ހޯދަމުންދިޔަ އއ. ހިމަންދޫ /ދަބުގެ، ޙުސައިން ޝަޙްބާން (25އ) ރަށެއްގެ ފަޅުތެރެއިން ފެނިއްޖެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެނާ ފެނިފައިވަނީ އއ. ރަސްދޫއާ ކައިރީ އޮންނަ ރަށެއްގެ ފަޅުތެރެއިން، މިއަދު އިރުއޮއްސި 18:35ކަންހާއިރު ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށާއި މިހާރު އެނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ޙުސައިން ޝަޙްބާން ފިލައިފަިވަނީ ރޭގެ ވަގުތެއްގައި އއ. ރަސްދޫ ޕޮލިސް ސްޓޭޝަނުގެ ހުރި ގޮޅިއަކުން ނެރެފައި ހުއްޓައެވެ. އަދި އޭނާ އަކީ މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ، އެތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ މީހެއްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.