އަލިކިލޭގެފާނު މަގުކޮޅުގައި( ބޮޑުރަސްގެފާނު މަގަށް ނިކުމޭވޭ ކަންމަތި) ވެމްކޯ ވެހިކަލަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައފިއެެވެ.

މި އެކްސިޑެންޓް ހިނގައިފައިވަނީ މިއަދު މެންދުރު 12:15 ކަން ހާއިރުއެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމެއް ނޭނގެއެވެ.

މި ކަމުގެ އިތުރު މައުލޫމާތު ހޯދާލުމަށް ފުލުހުންނަށް ހަލި ނިއުސް ވަނީ ގުޅާފައެވެ. ފުލުހުން ވިދާޅުވީ މި ހާދިސާއާއި ބެހޭ މައުލޫމާތު ބެލުމަށްފަހު ގުޅާލާނޭ ކަމަށެވެ.

ފަހަކަށް އައިސް ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަރެއްގެ ދެ އެކްސިޑެންޓު އެންމެ މަދުވެގެންވެސް ހުޅުމާލޭގެ އެކި ދިމާތަކާއި ބުރިޖު ހައިވޭ މަތީ ހިނގާކަން ވަނީ ފާހަަގަކުރެވިފައެވެ. ބައެއް އެކްސިޑެންޓުތައް ނުރައްކާތެރި ހާދިސާތަކަށް ވެ، އަނިޔާ ވާ ފަރާތުގެ ހާލު އިންތިހާއަށް ސީރިޔަސް ވެފައިވެއެވެ.