”ވިލާ އެއާރ“އިން 2022 ވަނަ އަހަރުގެ ފުލައިޓް އޮޕަރޭޝަން ޕާރފޯމަންސް އިން ފާހަގަކޮށްލެވޭ ފަރާތަކަށް އެކަމުގެ އަގުވަޒަންކޮށްފިއެވެ.

ވިލާ އެއާރ މުވައްޒަފުންގެ އަގުވަޒަން ކުރުމަށް ވިލާއެއާރ އިން ބޭއްވި ރަސްމިޔާތުގައި ފުލައިޓް އޮޕަރޭޝަން ޕާރފޯމަންސްއިން ވަނީ ބެސްޓު ޕައިލެޓާއި، ބެސްޓު ކެބިންކުރޫ އަދި ބެސްޓު އޯސީސީވެސް ހޮވާފައެވެ.

އެގޮތުން 2022 ވަނަ އަހަރު ފުލައިޓް އޮޕަރޭޝަން ޕާރފޯމަންސް އިން ފާހަގަކޮލެވޭ ފަރާތްތަކަކީ

  • - ބެސްޓު ޕައިލެޓް- އަހުމަދު ޝާއިރު
  • - ބެސްޓު ކެބިންކުރޫ- އައިޝަތު ރިޝްފާ
  • - ބެސްޓު އޯސީސީ ސްޓާރފް: ފާރިޝް ފައިސަލް

ވިލާ އެއާރއަކީ ރައްޔިތުން މަޖިލީހުގެ މެންބަރު، އަދި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ އަމިއްލަ އެއާރލައިނެކެވެ.

އަދި ދަރަވަންދޫ އާއި ކާޑެއްދޫގެ އިތުރުން މާމިގިލީ އެއާރޕޯޓަށް މި އެއާރލައިނުން ދަތުރުތައް ކުރެއެވެ. ކާޑެއްދޫއާއި މާމިގިލި އެއާރޕޯޓް ހިންގާ ބަލަހައްޓަނީ ވެސް ވިލާއެއާރއިންނެއެވެ.