އަނެއްކާވެސް ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މިފަހަރު ކުޑަ އަންހެންކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ ގްރޫޕަކުންނެވެ.

"ހަލި" ނޫހުން ފުލުހުން ގެ ފަރާތުން އޮޅުން ފިލުވުމަށް ސުވާލު ކުރުމުން ފުލުހުން މިއަދު ބުނީ އަޕާ ނޮދާން އޭރިއާ (ހއ. ހދ. އަދި ށ އަތޮޅު) ގައި ހިމެނޭ ރަށެއްގައި 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިދިޔަ މަހުގެ 29 ވަނަ ދުވަހު އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެއީ ގްރޫޕަކުން ކަމެއް ޔަގީންކޮށް ބުނެފައެއް ނުވެއެވެ.

މައްސަލަ ތަހުގީގުކުރަމުން އަންނައިރު މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވެއެވެ.

މި ކުޑަކުއްޖާއަށް އެކި ދުވަސް މަތިން ގިނަ އަދަދެއްގެ ފިރިހެނުން ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި މި ކުއްޖާ މިވަގުތު ވަނީ ރައްކާތެރި ކަމާއި އެހީތެރިކަމާއެކު ޖެންޑާގެ ބެލެހެއްޓުމުގެ ދަށުގައި ކަމަށް ވެއެވެ.