ޕާކިސްތާންގައި އިންޓަނެޓްގެ ޚިދުމަތަށް ބުރޫއަރައި ބައެއް ޚިދުމަތްތަކާއި ބައެއް ތަންތަނުން ޚިދުމަތްތައް ކަނޑާލާފައި ވެއެވެ. ޕާކިސްތާން ޓެލެކޮމް އޮތޯރިޓީއަށް އެމްނެސްޓީ އިންޓަރނޭޝަނަލުން ވަނީ އިންޓަރނެޓްގެ ޚިދުމަތް އަލުން ދިނުމަށް ގޮވާލާފައެވެ.
އިމްރާން ޚާން ހައްޔަރު ކުރުމުން މިއަދުވެސް ސިންދުގެ ބައެއް ހިސާބުތަކާއި ކަރާޗީއާއި ޚައިބަރު ޕަޚުތޫން ޚުވާގައި މީހުން ވަނީ މަގުތަކަށް ނިކުމެ ހަމަނުޖެހުން އުފައްދާފައެވެ. ބައެއް ހިސާބުތަކުގައި ދެ ދުވަސް ވަންދެން ބޭރަށް ނިކުމެ އުޅުން މަނާ ކޮށްފައި ވެއެވެ.
އާންމުކޮށް ޕާކިސްތާންގައި މިފަދަ ހާލަތްތަކުގައި މާޒީގައި ސިފައިން ނެރެފައި ވެއެވެ. އަދި އެކަމަކު އެފަދަ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
ޕާކިސްތާން ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް ހުންނެވީ ލަންޑަންގައެވެ. އޭނާ އެނބުރި ވަޑައި ގަންނަވާނެ ކަމަށް ވަނީ މިއަދުއެވެ.