އިންޑިއާއާއި ޔޫއޭއީން ދެގައުމުގެ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަށްވުމެއްގައި ސޮއިކުރި ފަހުން ދެ ފަރާތުގެ ވިޔަފާރިއަށް 20 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައި ވެއެވެ. އިންޑިއާއިން ވަނީ ޔޫއޭއީގައި ގަހަނާގެ މައުރަޒެއް ހުޅުވާފައެވެ.

އެ މުނާސަބާގައި އިންޑިއާގެ މަސްއޫލުވެރިން ވިދާޅުވަނީ ނިމުނު މާލީ އަހަރު އިންޑިއާއިން ޔޫއޭއިއާއެކު 84 ބިލިއަން ޑޮލަރުގެ ވިޔަފާރި ކޮށްފައިވ ކަމަށެވެ.

އޭގެ އިތުރުން އިންޑިއާއިން ވަނީ ޔޫއޭއީގެ އިންވެސްޓްމެންޓް ކުންފނި މުބާދަލާއިން އިންޑިއާގައި އިތުރަށް އިންވެސްޓް ކުރުމަށްވެސް އެދިފައެވެ.