ޒަޔަނިސްޓުން ފަލަސްތީނުގެ ދެ ޑަޒަން އަންހެނުންނާއި ކުޑަކުދިން މަރާލުމުން އެކަމުގެ އުފަލުގައި ޒަޔަނިސްޓް ތާކިހާ ވަޒީރުގެ އޮޓްޒިމާ ޔަހުދިތް ޕާޓީން ޕާލަމެންޓް ބޯއިކޮޓް ކުރުން ހުއްޓުމަކަށް ގެނަސްފިކަމަށް ބުނެފިއެވެ.
ޓެރަރިސްޓް ތާކިހާ ވަޒީރު ބެން ގްވިރްގެ ބޮޑާ ހެކުމާއެކު އިޒްރޭލުން ވަނީ ފަލަސްތީނަށް ބޮން އަޅާފައެވެ.
އިޒްރޭލުން ފަލސްތީނު މީހުންނާ ދެކޮޅަށް ދީފައިވާ ޓެރަރިސްޓް ހަމަލާ ކުށްވެރިކޮށްފައި ވަނީ ޖޯޑަންއާއި މިސްރާއި ޤަތަރުން އެކަންޏެވެ. އެހެން އެއްވެސް އަރަބި ގައުމަކުން އަދި ބަޔާނެއް ނެރެފައެއް ނުވެއެވެ.
އެ ހަމަލަތަކާ ގުޅިގެން އިސްލާމިކް ހަމާސްއާއި ޖިހާދުން ބުނެފައި ވަނީ ހިތިގޮތަކަށް އިޒްރޭލަށް ރައްދު ދޭނެ ކަމަށެވެ.
އިޒްރޭލުން މިއަދު ދަނީ އެ ދެ ޖަމާއަތުން ބަދަލު ހިފާނެ ކަމަށް ބަލައި ޣައްޒާއާއި ކައިރި ސަރަހައްދުގައި ދިރިއުޅޭ ޔަހޫދީން އެތަނުން ދުރު ހިސާބަކަށް ގެންދަމުންނެވެ.
ހަމާސް ހަމަލަ ދީގެން އިޒްރޭލުން ބޮން އެޅިއަސް އަދި ހަމަލައަކާ ނުލައި ބޮން އެޅިއަސް ފަލަސްތީނު މީހުންނަށް ވަކި ތަފާތެއް ނެތެވެ. އިޒްރޭލުގެ އުދުވާނާ ތާއަބަދު އެމީހުން ކުރިމަތިލާން ޖެހެއެވެ.