ސައުދީ އަރަބިއްޔާގައި ވަލީ އަހުދު މުހައްމަދު ބިން ސަލްމާނާ ބައްދަލު ކުރުމަށްފަހު އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު ޖެކް ސުލިވަން ވަނީ ސީދާ އިޒްރޭލަށް ގޮސްފައެވެ. އޭނާގެ ދަތުރަކީ ސައޫދީ އާއި އިޒްރޭލާއެކު ގުޅުން ގާއިމް ކުރުމަށް މެދުވެރިއަކަށް ވެގެން އެމެރކާއިން ކުރާ މަޝްވަރާގެ މައުލޫމާތު ދިނުމަށް ކުރާ ދަތުރެއް ކަމަށެވެ.
ޒަޔަނިސްޓް ސަރުކާރު މީޑިއާ ބުނާ ގޮތުން ސުލިވަން ވަނީ މުހައްމަދު ބިން ސަލްމާނާއެކު ޔަހޫދީންނާ ގުޅުން ގާއިމް ކުރުމުގެ ވާހަކަތައް ދައްކާފައެވެ.
އީރާނާއި ސައޫދީން ގުޅުން ރަގަޅު ކުރުމަށް ނިންމުމުން އެމެރިކާއާއި އެމެރިކާ ވާގިވެރިވާ ޒަޔަނިސްޓު ގައުމުގެ ލޮލުން ވަނީ ނިދި ނިގުޅައި ގެންފައެވެ.
ސައޫދީ ޚާރިޖީ ވަޒިރު ފައިސަލް ބިން ފަރުޙާން ޖެނުއަރީ މަހު ޑާވޯސްގައި އޮތް ބައްދަލު ވުމެއްގައި ވިދާޅުވީ ފަލަސްތީނުގެ ދައުލަތް ނުއުފެދެނީސް ސައުދީން އިޒްރޭލާ އެކު ގުޅުން ގާއިމް ނުކުރާނެ ކަމަށެވެ.
ނަމަވެސް (އަދުނާން ޚާޝޮގްޖީ މައްސަލާގައި) ބްލެކް މެއިލް ކުރުމާއި (ޝަރިއަތެއް ކުރުމަށް) ބިރު ދައްކައިގެން އެމެރިކާއިން ބޭނުންވާ މަގްސަދު ހާސިލު ކުރުމަކީ އެކަށީގެންވާ ކަމެކެވެ. އެމެރިކާގެ މަސްލަހަތަކީ ފިތުނަ އުފައްދައިގެން ދޭތެރެ ޖެއްސުމެވެ.