ބޭނުންވާތަކެތި:

ދޮންކެޔޮ

ހަނޑޫ

އޮލިވްއޮއިލް

ކުކުޅުމަސް

ތައްޔާރުކުރާނެ ގޮތް:

އާދައިގެ ހަނޑޫ ނުވަތަ ބޭނުންވައްތަރެއްގެ ހަނޑުލުން ބަތް ކައްކާށެވެ. ކެކެން ކައިރިވުމުން އޮލިވްއޮއިލް އަޅާށެވެ. ކުކުޅުމަސްކޮޅު ވަކިން މަޑުކުރެވިދާނެއެވެ. ނުވަތަ އޮލިވްއޮއިލްކޮޅެއް އެޅުމަށްފަހު ކުކުޅުމަސް ތެލުލާށެވެ. ބަތް އަދި ކުކުޅުމަހާއި ދޮންކެޔޮ އެއްކުރުމަށްފަހު ހިމުންކޮށްފަ ކުޑަ ދަރިފުޅަށް ކާންދެވިދާނެއެވެ. މިއީ ކުޑަކުދިންނަށް ވަރަށްމީރު ކެއުމެއްކަން ވަނީ ފާހަގަކުރެވިފަ އެވެ.