މާލެއިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ގެއްލިގެން ހޯދަމުންދަނީ ފުވައްމުލައް ސިޓީ/ ދޫޑިގަން، ރަންދެލިގެ، ހަސަން ޖަމީލް (30އ) އެވެ.

ހަސަން ޖަމީލް އާއިލާއަށް ގެއްލިފައިވާ ކަމަށް ބުނެ މި މަހުގެ ނުވަވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އެ އިދާރާއަށް ރިޕޯޓް ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އާއިލާއަށް އޭނާގެ ހަބަރެއްވީ މިމަހުގެ ހަތްވަނަ ދުވަހު ކަމަށްވެއެވެ. އަދި އޭނާ މާލޭގައި ހުރި ކަމަށް އާއިލާއަށް ގުޅާފައި ބުނި ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ ހަސަން ޖަމީލްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ފުވައްމުލައް ޕޮލިސް ސްޓޭޝަންގެ 9792803 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިފައެވެ.