އިޒްރޭލުން މާމޮޅު ދިފާއީ ނިޒާމެއްކަމަށް ބުނެ ދުނިޔެއަށް ދައްކާ ދަނގަނޑު ގުއްބު ނިޒާމަކީ މީގެ 10 އަހަރުން ފެށިގެން ޒަޔަނިސްޓް ސަރުކާރުން ބޭނުން ކުރަމުންދާ ނިޒާމެކެވެ. އެމެރިކާގެ މެސެޗުސެޓްސް އިންސްޓިއުޓް އޮފް ޓެކްނޮލޮޖީގެ ޕްރޮފެސަރ ތިއޮޑޯ ޕޮސްޓޮލް ވިދާޅުވާ ގޮތިގައި އިޒްރޭލުގެ މިސައިލުން ދިފާއުވާ ދަނގަނޑު ގުއްބުގެ ދިފާއީ ނިޒާމަކީ އެހާ މޮޅު ނިޒާމެއް ނޫނެވެ. އަދި އެނިޒާމަކީ ފަލސްތީނުން ފޮނުވާލާ ރޮކެޓުތަކުން އިޒްރޭލު ދިފާއު ކޮށްދޭ ނިޒާމެއްވެސް ނޫން ކަމަށެވެ.
ޕޮސްޓޮލް ވިދާޅުވާ ގޮތުގައި އެ ނިޒާމަށް ވުރެން އިޒްރޭލުގެ ޕްރޮޕެގެންޑާ މޮޅެވެ. ދުނިޔެއަށް އިޒްރޭލުން ދައްކަން ބޭނުންވަނީ އަދި ދުނިޔޭގެ މީޑިއާގައި އަބަދުވެސް ކިޔުއްވަން ބޭނުންވަނީ އެނިޒާމުގެ މޮޅޫ ވާހަކައެވެ.
ވޮޝިންޓަން ޕޯސްޓުން ވަނީ ދަނގަޑު ގުއްބު މޮޅުވާހަކަ ލިޔެ ދިގު ރިޕޯޓެއްވެސް ޝާއިއުކޮށްފައެވެ.
ދަނގަނޑު ގުއްބުގެ ފެންވަރު ދެރަކަމުގެ ވާހަކަ ދައްކަވަމުން ޕޮސްޓޮލް ވިދާޅުވީ ރޮކެޓްގައި ގޮވާތަކެއްޗަކީ އޭގެ ބޮލުގައި ހަރުކޮށްފައިވާ ބައެވެ. އެހެންވެ ރޮކެޓަކުން ދިފާއުވާން ބޭނުންނަމަ ގޮއްވާލަން އަމާޒު ކުރަން ޖެހޭނީ ރޮކެޓްގެ ބޮލަށެވެ. އޭގެ އަރިމަތިން ގޮއްވާލިއަސް ރޮކެޓް ބިމަށް ވެއްޓި ގޮވައިގެން ދާނެއެވެ. އަދި އޭނާ ވިދާޅުވީ ދަނގަނޑު ގުއްބަކީ އިރުތަށް ޑިވެލޮޕް ކުރެވޭނެ ނިޒާމެއް ނޫން ކަމަށެވެ. އަދި އެންމެ ފުރަތަމަ ބެހެއްޓިއިރު ވެސް އޭގައި އެވަރުގެ ދިފާއީ ކުލަދާނަ ކަމެއް ނެތް ކަމަށެވެ.