އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ޑާކާގައި ވިދާޅުވީ ގައުމުތަކުން އެމީހުންގެ ގާނޫނީ ވާޖިބުތަކަށް ފަރުވާ ކުޑަކޮށް، ދިގު މުއްދަތަކަށް ވެފައިވާ އެއްބަސްވުންތަކާ ހިލާފުވުމުން އެގައުމެއްގެ އިތުބާރަށް ލިބޭ ގެއްލުން ވަރަށް ބޮޑު ކަމަށެވެ. އިންޑިއާއާއި ޗައިނާގެ ސަރަހައްދީ މައްސަލައަށް އޭނާގެ ވާހަކައިގައި އިޝާރާތް ކުރައްވައި ޗައިނާއިން އެއްބަސްވުންތަކާ ޚިލާފްވި ގޮތް އޭނާ ހަނދާނަށް ގެނަސްދެއްވިއެވެ.
އިންޑިއާ ކަނޑުގެ ކަނޑުގެ ގައުމުތަކުގައި ދަރަނީގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް ވެސް އޭނާ ވަނީ ޗައިނާގެ ވާހަކަ ވިދާޅު ނުވެ އެކަމަށް އިޝާރާތް ކުރައްވާފައެވެ.
ޖަޔަޝަންކަރު ވާހަކަ ދެއްކެވީ ޑާކާގައި ބޭއްވި 6 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި އެވެ.
އޭނާ ވިދާޅުވީ އިންޑިއާ ކަނޑިގެ ގައުމުތަކަށް ދިމާވެފައިވާ މއްސަލައަކީ ދެމެހެއްޓެނިވި ނޫން ގޮތަކަށް ފައިދާ ނުލިބޭ މަޝްރޫއުތަކަށް ގައުމުތަކުން ދަރަނި ދީގެން އެފަދަ މަޝްރޫއުތައް ހިންގަމުން ގެންދިއުމެވެ.