ޕާކިސްތާންގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް ހިނާ ރައްބާނީ ކާރު، ސްވިޑެންގެ ސްޓޮކްހޯމްއަށް ރަސްމީ ދަތުރުފުޅެއްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޕާކިސްތާނުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މި ދަތުރުފުޅަކީ އީޔޫގެ ހައި ރެޕްރެޒެންޓޭޓިވް ފޯ ފޮރިން އެފެއާޒް އެންޑް ސެކިއުރިޓީ ޕޮލިސީ ޖޯސެޕް ބޮރެލް އާއި ސްވިޑެންގެ ފޮރިން މިނިސްޓަރު ޓޮބިއަސް ބިލްސްޓްރޯމްގެ ޖޮއިންޓް ދައުވަތަކަށް ކުރިއަށް ގެންދާ ދަތުރުފުޅެއް ކަމަށް ބަޔާނުގައިވެ އެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މި ފޯރަމްގައި މިނިސްޓަރ އޮފް ސްޓޭޓް ހިނާ ރައްބާނީ ޚާރު ސަރަހައްދީ އަދި ދުނިޔޭގެ މުހިންމު މައްސަލަތަކުގައި ޕާކިސްތާނުގެ ސިޔާސަތަށް އަލިއަޅުވާލާއްވާނެ ކަމަށާއި ޔޫރަޕިއަން ޔޫނިއަންއާ އެކު ވިޔަފާރި، އިންވެސްޓްމަންޓް، ޑިޖިޓަލް ޓެކްނޮލޮޖީ، މޫސުމީ، ތިމާވެށީގައި އެއްބާރުލުން ދިނުމުގެ މަޝްވަރާތައް ބާއްވަވާނެ ކަމަށެވެ.