ޕާކިސްތާންގެ އުއްތަމަ ފަނޑިޔާރަކީ ޓެރަރިސްޓުންނަށް ކަންކަން ފަހި ކޮށްދޭ ފަރާތެއްކަމަށް ބުނެ ޕާކިސްތާންގެ އުއްތަމަ ފަނޑިޔާރަށް މަރްޔަމް ނަވާޒް ޝަރީފް ބަހުގެ ހަމަލާތައް އަމާޒުކޮށްފިއެވެ. ކުރީގެ ބޮޑު ވަޒީރުގެ ދަރިފުޅު މަރްޔަން އެގޮތަށް ވާހަކަ ދެއްކެވީ ޕާކިސްތާންގެ އުއްތަމަ ފަނޑިޔާރު އުމަރު އަތާ ބާންދިޔާލް ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާން ބަންދުން މިނިވަން ކުރެއްވުމުން އެކަމާ ނުރުހިގެންނެވެ.
ޕާކިސްތާނުގެ މިހާރުގެ ސަރުކާރުގައި ތިބި ފަރާތްތަކުން ދެކެނީ ޖުޑިޝަރީން ޚާއްސަކޮށް ސުޕްރީމް ކޯޓުން އިމްރާނަށް ވަކި ގޮތެއް އަދި ޝަރީފް އާއިލާއަށް ވަކި ގޮތެއް ގެންގުޅޭކަމަށެވެ.