އެމެރިކާއާއި އިންޑިއާގެ ޕާޓްނަޝިޕަށް އަލިއަޅުވާލައްވަމުން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ ޕްރިންސިޕަލް ޑެޕިއުޓީ ސްޕޯކްސްޕާސަން ވެޑަންޓް ޕަޓޭލް ވިދާޅުވީ އެމެރިކާއަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރައްވާ ދަތުރުފުޅަށް އެމރިކާ އިންތިޒާރު ކުރާ ކަމަށެވެ.

އޭނާ ވިދާޅުވީ އެމރިކާއާ އިންޑިއާއާ އެކު އޮތީ މުހިންމު ޕާޓްނަޝިޕެއް ކަމަށެވެ. އަދި މޮދީގެ ދަތުރުގައި ގިނަ ކަންކަމާ މެދު މަޝްވަރާތައް ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންޑިއާ އާއި އެމެރިކާގެ ގުޅުމަކީ މުހިންމު ޕާޓްނަޝިޕެއް ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ފިޔަވަޅުތައް އަޅަން އެމެރިކާ ކެތްމަދުވެފައި އޮތް ކަމަށް ވިދާޅުވިއެވެ.

އަދި ދެގައުމުގެ ދެމެދުގެ ވިޔަފާރީގެ މައްސަލަތައް ހައްލުކޮށް، ސަލާމަތީ އެއްބާރުލުން ފުންކޮށް، އަދި ވެސް އެހެނިހެން ގިނަ ދާއިރާތަކުން ގުޅުން ބަދަހި ކުރާނެ ކަމަށެވެ.

މީގެ ކުރިން ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ފަސްޓް ލޭޑީ ޖިލް ބައިޑެން އަންނަ މަހު ފުރަމާނަ ދަތުރުފުޅެއްގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ ހޯސްޓް ކުރައްވާނެ ކަމަށެވެ.