މެލޭޝިޔާގެ ބަޖެޓް އެއާރލައިން "ބަޓިކް އެއާރ"ގެ ދަތުރުތައް ރާއްޖެއަށް މިރޭ ފަށައިފިއެވެ.

މި ދަތުރުތަކުގެ ފުރަތަމަ ފުލައިޓް "އޯޑީ 297" ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގައި ޖައްސާފައި ވަނީ ރާއްޖެ ގަޑިން މިރޭ 20:30 ކަންހާއިރުއެވެ.

މި ފުލައިޓް ރާއްޖެއަށް އައީސްފައި ވަނީ މެލޭޝިޔާގެ ކުއަލަލުން ފޫރުން ސްރީލަންކާގެ ކޮލަމްބޯއަށް ޓްރާންސިޓް ކުރުމަށް ފަހުގައި ކަަމަށް އޭވިއޭޓަރ މޯލްޑިވްސްއިން ވަނީ ވިދާޅުވެފައެވެ.

ރާއްޖެއަށް ކުރާ މި ދަތުރުތަކުގައި ބަޓިކް އެއާރއިން އޮޕަރޭޓްކުރަނީ ބޮއިން 737 މެކްސް މަރުކާގެ ފުލައިޓްތަކެވެ. މި އެއާރލައިންގެ ފުލީޓުގައި 73 މަތިންދާ ބޯޓު އޮވެއެވެ.