ޔޫރަޕްގެ ޖަމާއަތުން ހުޅަނގު އައްސޭރީގައި ބިނާ ކޮށްދިން ސްކޫލެއް އިޒްރޭލު ސިފައިން ބޮން އަޅައި ތަޅާލުމާ ގުޅިގެން އެކަން ކުށްވެރިކޮށް ފޭސްބުކްގައި ޕޯސްޓު ކުރި ލިތުއޭނިއާގެ ގާނޫނު ހަދާ މަޖިލިސްގެ މެމްބަރު މަގާމުން ވަކި ކުރުމަށް ޒަޔަނިސްޓުން މަސައްކަތް ފަށައިފިއެވެ.

ގާނޫ ހަދާ މަޖިލިސްގެ މެމްބަރު ރެމިޖިޖަސް ޒެމައިޓައިޓިސް އަކީ ކުޑަ، ކަނާތުފިޔައިގެ އޯޑަރ އެންޑް ޖަސްޓިސް ޕާޓީގެ މެމްބަރެކެވެ.

އޭނާގެ ފޭސްބުކްގައި ލިޔެފައި ވަނީ ޔަހޫދީން ފަލަސްތީނުގެ ސްކޫލްތައް ތަޅާލާއިއރު އަހަރެމެންގެ ނޫސްވެރިންނަށް ނުފެންނަނީ ހެއްޔެވެ؟ އެމީހުންނަށް މިއީ ކުޅި ވަރެއް ހެއްޔެވެ؟ އިޒްރޭލުން އަމަލު ކުރަމުންދާ ގޮތަށް ޕޫޓިންވެސް ޔުކްރެއިންގައި އަމަލު ކުރާ ކަމަށާއި އެއިން އެގައުމުގެ ކުދިންގެ މުސްތަގްބަލަށްވެސް ނުރައްކާވާ ކަމަށް ޒެމައިޓައިޓިސް ލިޔެފައިވެ އެވެ.

އޭނާގެ ޕޯސްޓް ނިންމާލާފައި ވަނީ ޔަހޫދީންނާ ދެކޮޅަށް ލިތުއޭނިއާގައި ކުރިން ކިޔައި އުޅޭނާސަރީ ރައިމަކުންނެވެ.

އެއަށްފަހު އިޒްރޭލު އެމްބެސެޑަރު ވަނީ މި ވާހަކައާ ދެކޮޅަށް މައސަލަ ހޫނު ކޮށްފައެވެ.

މިފަދަ ފާޑު ކިޔުންތަކާއެކު އާންމު ކޮށް ދަމާ ހާސަރު ޔަހޫދީންނާއި އިޒްރޭލު އެމްބެސެޑަރު ވަނީ ދަމާފައެވެ. އޭގައި ދެވަނަ ބޮޑު ހަނގުރާމައިގައި ލިތުއޭނިޔާގައި ޔަހޫދީން މަރާފައިވާ ކަމަށް ބުނެ އާދަވެގެން ކޮންމެ ގައުމެއްވެސް ބްލެކްމެއިން ކުރަން ދައްކާ ވާހަކަ ދައްކާފައި ވެއެވެ.

ޔަހޫދީންނާއި ޒަޔަނިސްޓުންގެ ބާރުން މި މެމްބަރުގެ ގޮނޑި ގެއްލުވާލާނެ ކަމަށް ލަފާ ކުރެވެއެވެ.