ހުޅަނގު އައްސޭރީގައި އިޒްރޭލުން ހިފާފައިވާ ބިންތަކުގައި އެމެރިކާއިން ފައިސާ ދީގެން އިމާރާތް ކޮށްފައިވާ ޒަޔަނިސްޓް އާބާދީ ތަކުގައި އިސްރާއީލުގެ ބައި މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ ކަމަށް އެ އާބާދީތައް ތަމްސީލުކުރާ ޖަމިއްޔާ ޔެޝާ ކައުންސިލުން ބުނެއެވެ. މި ފޮޓޯއަކީ ޔަހޫދީންގެ އާބާދީއެއްގެ ފޮޓޯއެކެވެ. އިޒްރޭލުން ޓެރަރިސްޓުން ކަމަށް ބުނާ ހަމާސްއާއި އިސްލާމިކް ޖިހާދުން މަސައްކަތް ކުރަނީ އިޒްރޭލުން އެމީހުންގެ ބންތައް ހިފައި ޔަހޫދީން އާބާދު ކުރާތީއެވެ.

ޔަހޫދީންގެ ޖަމުއިއްޔާއިން ބުނީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހުޅަނގު އައްސޭރީގައި ހިފާފައިވާ ބިންތަކުގައި ވަޒަންވެރިކޮށްފައިވާ ޔަހޫދީންގެ އަދަދު ބައި މިލިއަނަށް އަރާފައިވާ ކަމަށެވެ.

ހުޅަނގު އައްސޭރީގައި ޔަހޫދީން ދިރިއުޅެނީ 150 އެއްހާ ކޮމިއުނިޓީއެއްގައެވެ. އެތާނގައި ދިރިއުޅޭ 502،678 ޔަހޫދީންނަކީ އިސްރާއީލުގެ ޖުމްލަ އާބާދީގެ 9 މިލިއަން މީހުންގެ 5.2 ޕަސެންޓް ކަމަަށް ބުނެފައި ވެއެވެ.

އެޖަމުއިއްޔާއިން އިއްޔެ ބުނެފައި ވަނީ މެއި މަހުގެ ނިޔަލަށް އެ އަދަދު ގާތްގަނޑަކަށް 506،000 އަށް އިތުރު ވާނެ ކަމަށެވެ.

އިޒްރޭލުގެ މިހާރުގެ ހަރުކަށި ކަނާތު ފިޔައިގެ ސަރުކާރުން ވަނީ ހުޅަނގު އައްސޭރީގައި އިތުރު ތަންތަން ހިފައި ޔަހޫދީން އާބާދު ކުރުމަށް ރާވާފައެވެ.

އިޒްރޭލުގެ މާލީ ވަޒީރު ސްމޮރިޗްއާއި އޭނާގެ ރެލިޖަސް ޒަޔަނިޒަމް ޕާޓީން އިޒްރޭލުގެ ޗެނަލް 14ގައި ވާހަކަ ދައްކަމުން ބުނެފައި ވަނީ އިޒްރޭލަލށް ޣައްޒާއިން ހަމަލާތައް ދެމުން ގެންދާތީ އިޒްރޭލަށް ޖެހޭނީ ޣައްޒާ ހިފާށެވެ. އަދި ޣައްޒަގައި އެއްގޮތަކަށްވެސް ހަތިޔާރު ނުގެން ގުޅެވޭ ގޮތަށް ހަދަން ޖެހޭނެ ކަމަށެވެ.

2005ން ފެށިގެން އިޒްރޭލުން ވަނީ ޣައްޒާގައި ޔަހޫދީން ބޭރުކޮށްލާފައެވެ.