އިޒްރޭލުގެ ދަނގަޑު ގުއްބު ބުރާސްފަތި ދުވަހު މަސައްކަތް ނުކުރާ ކަމަށް އިޒްރޭލު ސިފައިންގެ ތަރުޖަމާން ބުނެފިއެވެ. ބުރާސްފަތި ދުވަހު އިސްލާމީ ޖިހާދުގެ މުޖާހިދުން އިޒްރޭލަށް ފޮނުވާލި ރޮކެޓް ހަމަލާތައް އަސްޤަލާނާއި ސިދުރޯތުއަދި ޓެލްއަވީވަށް ފޯރާފައި ވެއެވެ.

ބުރާސްފަތި ދުވަހުގެ އެއް ރޮކެޓް ހަމަލައެއް ރަހްވޯތަށް )ފޮޓޯގައި( އަމާޒުވެ ގެތައް މައްޗަށް ވެއްޓުމުން މީހުން ވަނީ ފާޑު ކިޔާފައެވެ.

އެކަމާ ގުޅިގެން ސިފައިން ބުނެފައި ވަނީ ފަލަސްތީނުގެ މުޖާހިދުން ފޮނުވާ މިސައިލްގެ 91 ޕަސެންޓް ވައްޓާލުމުގައި ދަނގަނޑު ގުއްބު ކލާމިޔާބު ކަމަށެވެ. ނަމަވެސް ބުރާސްފަތި ދުވަހު ދިމާވި މައްސަލައަކާ ގުޅިގެން ބައެއް ރޮކެޓްތައް ޝިކާރަ ނުކުރެވުނީ ކަމަށެވެ.

އިޒްރޭލުގެ ދަނގަނޑު ގުއްބުގެ މޮޅު ވާހަކަ އިޒްރޭލުން ދައްކަނީ ޔަހޫދީ ޕްރޮޕެގެންޑާއަށް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އިޒްރޭލު މީހުން ބުނާ ގޮތުގައި ދަނގަނޑު ގުއްބު ވަނީ ހަފްތާއެއްގެ ތެރޭގައި ދެ ފަހަރު މަތިން ފޭލި ވެފައެވެ.