ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލާގައި ދެމީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ، އެ މައްސަލާގައި މެއި 11، ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ދެ ދިވެހި ފިރިހެނަކު ހައްޔަަރު ކޮށްފައިވާ ކަމަށެވެ. ހައްޔަރު ކުރީ އުމުރުން 21 އަހަރުގެ މީހަކާއި 22 އަހަރުގެ މީހެކެވެ.

އެ ދެމީހުންގެ ބަންދަށް މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަސް ދީފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މެންބަރު، ޒަރީރުއަށް ހަމަލާދީފައި ވަނީ ޓީވީއެމް ކުރިމަތިން، ބުރުޒުމަގުގައި ހުންނަ ހަބީބީ ކެފޭގައި ހުއްޓައި އެތަނަށް އައި ގުރޫޕަކުންނެވެ.

އެ މަައްސަލަ ފުލުހުން އަަންނަނީ ތަަހުގީގުކުރަމުންނެވެ.