ގެއްލިގެން ހޯދަމުން ދިޔަ 30 އަހަރުގެ މީހާ ފެނިއްޖެއެވެ. ފުލުހުން ބުނީ ހަސަން ޖަމީލު މިއަދުގެ ވަގުތެއްގައި މާލެތެރެއިން ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅުކަމަށެވެ.

ފުވައްމުލައް / ދޫޑިގަން، ރަންދެލިގެ، 30 އަހަރުގެ ޙަސަން ޖަމީލު ގެ ޚަބަރެއް ނުވެގެން، އޭނާގެ އާއިލާގެ ފަރާތުން، ފުލުހުންނަށް ރިޕޯޓު ކުރީ މި މަހުގެ 9 ވަނަ ދުވަހުގެ ރޭގައެވެ.

އެންމެ ފަހުން އާއިލާއަށް މީނާގެ ޚަބަރެއް ވެފައިވަނީ އޭގެ ދެ ދުވަސް ކުރިން މެއި 7 ވަނަ ދުވަހު ކަމަށްވެއެވެ.

އާއިލާގެ ފަރާތުން، މިމީހާގެ ހަބަރެއް ނުވެގެން ރިޕޯޓުކޮށްފައި ވާތީ އިއްުޔެ، ފުލުހުން ވަނީ ފޮޓޯއާއެކު އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކޮށްފައެވެ.