ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނޭ ކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް ހިސާބުތަކަށް މެޓު އޮފީހުން ހުދު ސަމާލު ނެރެފިިއެވެ. ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ.
އެ ހިސާބުގަނޑަށް ހުދުސަމާލު ނެރެފައިވަނީ މިރޭ 21:00 އިން ފެށިގެން ދަންވަރު 2:00 އާ ހަަމައަށެވެ. އެވަގުތުގައި ބޯކޮށް ވާރޭވެހޭނެ ކަމަށާއި ގުގުރާނޭ ކަމަށް ވެސް މެޓު އޮފީހުން ވަނީ ހާމަކުރަށްވާފައެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް އެފަރާތުން ވަނީ ވިދާޅުވެފައެވެ.
މިދުވަސްވަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވަރަށް ވިއްސާރަ އަދި ކަނޑުގަދަ ދުވަސްވަރެކެވެ. މިދުވަސްވަރު ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ގެންދަނީ އިލްތިމާސް ކުރަމުންނެވެ.