މެދުއިރުމައްޗަށް އެމެރިކާއިން ވާދަކުރާއިރު އެ މަސައްކަތުގައި އެމެރިކާއިން އިންޑިއާއާއި އިޒްރޭލު ބައިވެރި ކުރެއެވެ. އެކަމަކު އެންމެ ފަހުން ތިން ފަރާތުން ބައިވެރިވެގެން ރިޔާޟްގައ ބާއްވާފައިވާ ބައްދަލުވުމުގައި އިޒްރޭލު ނުހިމެނެއެވެ.
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު އަޖިތ ޑޯވަލްއާއި އެމެރިކާގއ ގައުމީ ސަލާމަތާ ބެހޭ ޖެކް ސުލިވަން ބައޮވެރިވި ބައްދަލުވުމުގެ ރިއާސަތު ބެލެހެއްޓެވީ ސައޫދީ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާނެވެ. އަދި ޔޫއޭއީންވެސް މި ބައްދަލުވުމުގައި ބައިވެރިވިއެވެ.
މި ބައްދަލުވުމަކީ އިންޑިއާ ބައިވެރިވާ މެދުއިރުމަތީގެ މިނިލެޓަރަލް ބައްދަލުވުމެކެވެ. މިދިޔަ އަހަރު މި ބައްދަލުވުމުގެ އެއް ޖަލްސާ ބާއްވާފައި ވެއެވެ. އައި2ޔޫ2 ގްރޫޕްގެ ބައްދަލުވުމުގެ މަގްސަދަކީ މެދުއިރުމަތީގައި ޗައިނާގެ ނުފޫޒާ ވާދަ ކުރުން ކަމަށް އެ ބައްދަލުވުމުގައި ބައިވެރވި ފަރާތްތަކުން ބުނެއެވެ.
ރިޔާޟްގައި އޮތް އެންމެ ފަހުގެ ބައްދަލުވުމުގައި މަޝްވަރާ ކޮށްފައި ވަނީ އިންޑިއާއާއި މެދުއިރުމައްޗާ ގުޅުވާ ލުމާ ބެހޭ ގޮތުންނެވެ. އޭގެ ތެރޭގައި ރޭލްވޭގެ ޕްރޮޖެކްޓާއި ބަނދަރު ހެދުމާއި ސަރަހައްދު ހުރަސްކޮށް ކަރަންޓު ވިއުގައިން ކަރަންޓު ވިއްކުމާ ބެހޭ ވާހަކަ ހިމެނެއެވެ.
އިންޑިއާގެ އިގްތިސާދަށް މެދުއިރުމައްޗަކީ މުހިންމު ސަރަހައްދެކެވެ. އިންޑިއާގެ ވިޔަފާރީގެ މަސްލަހަތުތަކާއި އެ ސަރަހައްދުގައި މަސައްކަތްކޮށް އަނބުރާ ގައުމަށް ފައިސާ ފޮނުވާ އެތައް މިލިއަން އިންޑިއާ މީހުންނަށް ބަލާއިރު މިއީ އިންޑިއާއިން އަޅާނުލައި ދޫކޮށްލާ ވަރުގެ ބާޒާރެއް ނޫނެވެ.
މެދުއިރުމަތީގައި ކަނެކްޓިވިޓީ މަޝްރޫއުގެ މަގުސަދަކީ އިންފްރާސްޓްރަކްޗާ ޕްރޮވައިޑަރެއްގެ ގޮތުގައި އިންޑިއާގެ ކެޕޭސިޓީ ދައްކާލުމެވެ.