އިންޑިއާގެ ސުއިޒަރލެންޑްގައި ބާއްވާ ޖީ20ގެ ބައްދަލުވުމަށް ބައިނަލްއަގްވާމީ މަންދޫބުންނަށް މަރުޙަބާ ކިޔަން ތައްޔާރު ވެއްޖެއެވެ. ކަޝްމީރުގެ ގުލްމަރްގް އަކީ ސްނޯ ސްކޭޓިންއަށް މަޝްހޫރު މަންޒިލެކެވެ. ފާއިތުވި 20 އަހަރުގެ ހަނގުރާމައާ ހެދި ގުލްމަރްގްގެ ފަތުރތުވެރިކަން ވަނ ވަރަށް ބޮޑަށް ވަޅު ޖެހިގެން ގޮސްފައެވެ.

ޖީ20ގެ ބައްދަލުވުން ގުލްމަރުގުގައި ބާއްވާ އިރު އެ ޖަމުއިއްޔާގެ ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކަށް އެ ސިޓީގައި ހުރި ފުރުސަތުތައް ހމަވެގެން ދާނެއެވެ. ޖީ20ގެ ތައްޔާރީގައި ކަޝްމީރު ޓޫރިޒަމު އިދާރާއިން ވަނީ ގުލްމަރްގްގައި މަރުހަބާ ބޯޑުތަކާއި ނިޝާންތައް ހަރުކޮށްފަ އެވެ. އަދި އެ ސިޓީއަށް ދަތުރުކުރާ މަގުތަކުގެ އާބާތުރަ ފިލުވައި އިމާރާތްތަކުގައ ކުލަ ލައި މުޅި ސިޓީއަށް އައު ދިރުމެއް ދީފައި ވެއެވެ.