މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމާއި، ކީރިތި ޤުރްއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި ފާސްވި ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑެލް މިރޭ ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މި އިނާމުތައް ދެއްވީ، ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މި އަހަރު ލިބިވަޑައިގަތީ، 20 ބޭފުޅަކަށެވެ.

މި ބޭފުޅުން ހޮއްވެވީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ޚާއްޞަ އިނާމާބެހޭ ކޮމިޓީންނެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރެއްވީ، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވާފައިވާ ބޭފުޅަކާއި، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 13 ބޭފުޅަކާއި، އަދި ބައިނަލްއަޤްވާމީ މުބާރާތްތަކުން ނުވަތަ މި ނޫން ވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވާފައިވާ 6 ބޭފުޅެކެވެ.

އެ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވީ:1. ޑޮކްޓަރ ނައުޝާދު މުޙައްމަދު، މއ. އަމީނީވިލާ

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، ނުވަތަ ލެވެލް 8، ނުވަތަ ލެވެލް 9ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯއްދެވީ:

މާސްޓަރޒް ޑިގްރީ

އަލްފާޟިލާ މަރްޔަމް އަނާ ޙަސަން، މއ. ހުދުއާނުއަލްފާޟިލް ޢަލީ ސުޒޭނު، ކުދިމާގެ، ހއ. އިހަވަންދޫއަލްފާޟިލާ މުންޝިދާ އިބްރާހީމް، ގ. އޮނުހިރިއަލްފާޟިލާ ޢުޒްމާ ޢަބްދުއްލަޠީފް، މ. ކޮކާވިލާއަލްފާޟިލް އަޙްމަދު ފިޟާލް، ވެނީލާގެ، ރ. އަލިފުށިއަލްފާޟިލާ މަރްޔަމް ނަޒާހާ، މ. ލުނާވައަލްފާޟިލާ މަރްޔަމް މޫނިސާ ޙުސައިން، ކަރަންކާވިލާ، ސ. ފޭދޫއަލްއުސްތާޛާ އާމިނަތު ރަޝްފާ، ދިލާސާގެ، އއ. ފެރިދޫއަލްއުސްތާޛާ އާމިނަތު އީމާން ޢަބްދުލްޣަފޫރު ، މއ. ރޯޒް 1 ބެޗްލަރސް ޑިގްރީއަލްފާޟިލާ ފާޠިމަތު މިޒުނާ، ކަނީރުހިޔާ، ރ. ރަސްގެތީމުއަލްފާޟިލާ ޢާއިޝަތު ލަމްޙާ ޙުސައިން ރަމީޒު، ވާދީ، ނ. ކުޑަފަރިއަލްއުސްތާޛު ޙަސަން ސާމިލު، ތަރި، ޅ. ކުރެންދޫއަލްފާޟިލާ އަމާނީ އަޓިއެނޯ އޮންޔަންގޯ، ގ. ކިސޫމޫބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މި ނޫން ވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދެވީ:

އަލްފާޟިލާ ސިފުނާ އިބްރާހީމް، ފެހިވާދީ، މ. މުލައްއަލްފާޟިލާ މިޝްކާ އަފްރާޙް ޙަސަން ، ހ. އަރުމްލިލީއަލްފާޟިލް ޙުސައިން ޒަޔާން ޝަހީދު ޒަކީ، މ. ނޫރާނީގެއަލްފާޟިލާ ފާޠިމަތު ނަބާހާ ޢަބްދުއްރައްޒާޤު، ދަފްތަރު ނަންބަރު ރސ 4843އަލްފާޟިލާ އާމިނަތު ނަބީހާ ޢަބްދުއްރައްޒާޤު، ދަފްތަރު ނަންބަރު ރސ 4844ސްޓާފް ސާޖަންޓް ޙަސަން ސާއިދު، ނިޔަމި، ކ. ގާފަރުކީރިތި ޤުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވެގެން ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މެޑެލް ހާސިލުކުރި 4 ޙާފިޡުންނަކީ:

އަލްޙާފިޡާ ޢާއިޝަތު ރަފާހު ޢަލީ، މއ. ހެބޫދޫގެއަލްޙާފިޡާ ނަވާރު ފިރާޤް މުޙައްމަދުފުޅު، ވިންޓަރގްރީން، ޅ. ނައިފަރުއަލްޙާފިޡް އަޙްމަދު ޒަވްލު، ޝަބްނަމީގެ، ދ. ކުޑަހުވަދޫއަލްޙާފިޡް މުޙައްމަދު ޔޫޝަޢު ބިން ޒަމްޒަމް، މއ. ރިހިރާޅުމިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޚާއްޞަ އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ތަހުނިޔާ ވިދާޅުވިއެވެ.

ޚަބަރު: ރައީސް އޮފީސް