މޯލްޑިވްސް ރިފޯމް މޫވްމެންޓް(އެމް.އާރް.އެމް)ގެ ހުސްވެފައިވާ މަޤާމުތަކަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލައިފިއެވެ
އެމް.އާރް.އެމްއިން ވިދާޅުވި މި މަޤާމުތަކުގެ އިންތިޚާބު 24 މެއި ވާ ބުދަ ދުވަހު ބާއްވާ ގޮތަށް ވަނީ ނިންމާފައި ކަމަށާއި އެ މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ ޕާޓީގެ މެންބަރުންނަށް އެ ފުރުސަތު މިއަދުގެ 00:14 އިން 18 މޭގެ 00:16 އާއި ހަމަޔަށް ވަނީ ހުޅުވާލައިފައި ކަމަށެވެ.
އެގޮތުން އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު ޕާޓި އޮފީހަށް ހުށަހެޅުމަށާއި މިމަޤާމުތަކަށް ކުރިމަތިލުމަށް އެދި ފުރިހަމަކުރާ އެޕްލިކޭޝަން ފޯމާއި އިންތިޚާބުގެ ޓައިމްލައިން އެމް.އާރް.އެމްގެ ވެބްސައިޓްއިން އަދި ޕާޓީގެ އޮފީހުން ލިބެން ހުންނާނެ ކަމަށްވެސް އެ ޕާޓީއިން ވަނީ ވިދާޅުވިއެވެ.
އެމް.އާރް.އެމްއިން ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފައިވާ މާޤާމުތަކަކީ:
- 1 -އެމް.އާރް.އެމް ގެ ނައިބު ރައީސް ޝަރުތު: އެމް.އާރް.އެމް ގެ މެންބަރެއްގެ ގޮތުގައި މަދުވެގެން 6 މަސްދުވަސް ވެފައިވުން.
- 2 -ޒުވާނުންގެ ކައުންސިލުގެ ރައީސް ޝަރުތު: އެމް.އާރް.އެމް ގެ ޒުވާނުންގެ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި މަދުވެގެން 3 މަސްދުވަސްވެފައިވުން.
- 3 -އެގްޒެކެޓިވް ކޮމިޓީގެ މެންބަރު އަންހެން (މަޤާމު 1)
- 4 -އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ފިރިހެން (މަޤާމު 1)
- 5 -ޒުވާނުންގެ ކައުންސިލްގެ މެންބަރު – ފިރިހެން (މަޤާމު 10) - ނޯޓު:10 މަޤާމުގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ 1 މެންބަރު އެކްސްކޯ އިން ހުސްވެފައިވާ ޒުވާނުންގެކައުންސިލް(ފިރިހެން) މެންބަރު ކަމުގެ މަޤާމަށް އިންތިޚާބު ވާނެ އެވެ.
- 6 -ޒުވާނުންގެ ކައުންސިލްގެ މެންބަރު – އަންހެން (މަޤާމު 8)- ނޯޓު: 8 މަޤާމު ގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ 2 މެންބަރު އެކްސްކޯ އިން ހުސްވެފައިވާ ޒުވާނުންގެކައުންސިލް (އަންހެން) މެންބަރު ކަމުގެ މަޤާމަށް އިންތިޚާބު ވާނެއެވެ.
- 7 -އަންހެނުންގެ ކައުންސިލްގެ މެންބަރު(މަޤާމު 13)
އެ ޕާޓީއިން ވިދާޅުވިގޮތުގައި ޒުވާނުންގެ ކައުންސިލްގެ މަންބަރުކަމަށް ކުރިމަތި ލެވޭނީ އުމުރުން 31 އަހަރު ނުފުރޭ މެންބަރުންނަށެވެ.
އެމްއާރުއެމް އަކީ މައުމޫން އަބްދުލް ގައްޔޫމް އުފެއްދެވި ތިން ވަނަ ސިޔާސީ ޕާޓީއެވެ. ފުރަތަމަ ޕާޓީއަކީ ދިވެހި ރައްޔިތުންގޭ ޕާޓީ (ޑީއާރުޕީ) ކަމަށް ވާއިރު، ދެވަނަ ޕާޓީ -ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)- އުފެދުނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު އެ ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.