ޑިމޮކްރަސީއަށް ތާއީދުކުރާ އެމެރިކާގައި ދިރިއުޅޭ ޗައިނާ ސަރުކާރާ ދެކޮޅުވެރި މީޙުންގެ މައުލޫމާތު ހިއްސާކޮށްގެން އަހަރުތަކެއް ވަންދެން ޗައިނާ ސަރުކާރަށް ޖާސޫސެއްގެ ގޮތުގައި ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ބޮސްޓަންގެ މީހަކު ހައްޔަރުކޮށްފި ކަމަށް ޔޫއެސްއޭ ޓުޑޭ އިން ފެޑެރަލް ޕްރޮސެކިއުޓަރުންނާ ހަވާލާދީ ރިޕޯޓްކޮށްފި އެވެ.

އުމުރުން 63 އަހަރުގެ ލިޓަންގް ލިއަންގް، 2018-2022 އަށް ޗައިނާގެ އޮފިޝަލުންނާ ގުޅިގެން ބޮސްޓަންގައި ޗައިނާގެ ދެކޮޅުވެރިންގެ މައުލޫމާތު ހޯދައި ޖާސޫސް ކުރި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެއެވެ.

ޑިސްޓްރިކްޓް އޮފް މެސެޗުސެޓްސްގައި އެމެރިކާގެ އެޓާނީ އޮފީހުން އިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި އެކަން ކަށަވަރު ކޮށްދީފައި ވެއެވެ.

އެމީހާ ވަނީ ފައިސާގެ މުގާބިލުގައި މައުލޫމާތު ފޯރުވައިދީފައެވެ.