ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯގެ މަގާމުން އަފްޝަން ލަތީފް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

އަފްޝަން ވަނީ، ކައުންސިލްތަކަށް މަގާމުން އުސްތިއުފާ ދެއްވަކަމުގެ ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައިވަނީ އެ މަގާމުގައި ވޭތުކުރެއްވި ތިން އަހަރު ދުވަހުގެ ތެރޭގައި އެ ފަރާތްތަކުން ދެއްވި އެއްބާރުލުމާއި އެހީތެރިކަމާއި އަދި އެ މަގާމުގައި ވޭތުކުރެއްވި ތިން އަހަރު ދުވަހުގެ ތެރޭގައި އެ ފަރާތްތަކުން ދެއްވި އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

މީގެ އިތުރުން، ސީއީއޯގެ މަގާމުގައި ހުންނަވައިގެން އެލްޖީއޭގެ މަސައްކަތް ކުރިއަށް ގެންދެވި ގޮތާއި، އިސްކަން ދެއްވި ކަންތައްތަކުގެ އިތުރުން، ކުރެއްވި މަސައްކަތްތައްވެސް އެ ސިޓީގައި ފާހަގަކުރައްވައިފައިވެއެވެ. އަދި ކައުންސިލްތަކުން މިހާރު ކުރިއަށްގެންދާ އެންމެ މުހިއްމު މަސައްކަތްތައް ފާހަގަކުރައްވައި އެ މަސައްކަތްތަކުގެ ކާމިޔާބު ގުޅިފައި ވަނީ ލިބިގެންދާ އެއްބާރުލުމުގެ މައްޗަށް ކަމަށްވެސް އަފްޝަން ވަނީ ވިދާޅުވެފައިވެއެވެ.

ނަމަވެސް މަގާމުން އިސްތިއުފާ ދެއްވަން ނިންމެވި ސަބަބެއް އަފްޝަން ވިދާޅުވެފައެއް ނުވެއެވެ. އަފްޝަން ފޯނު ނުނަންގަވާތީ އެކަމާބެހޭގޮތުން އަފްޝަންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ

އަފްޝަން ހުންނެވި ސަރުކާރުގެ މަގާމުން އިސްތިއުފާދެއްވިއިރު، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އޭނާގެ ފިރިކަލުން ހުސެއިން އަމްރު ވަނީ މާޗު މަހުގެ ތެރޭގައި އެ މަގާމުން ވަކިކޮށްފައެވެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަމުގެ ތެރެއިން ފާޅުކަން ބޮޑު ގޮތެއްގައި ދެ ފެކްޝަން އުފެދިފައިވާއިރު، އެ ޕްރައިމަރީގައި އަފްޝަން އާއި އަމްރުވެސް ތާއީދު ކުރެއްވީ ރައީސް ނަޝީދަށެވެ.

އެލްޖީއޭގެ ސީއީއޯއަކަށް އަފްޝަން އައްޔަން ކުރެއްވީ، 2020 ވަނަ އަހަރުއެވެ.