ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ ފްލެޓް ސަރަހައްދުގައި ޓްރެފިކް ލައިޓް ތައް ހަރު ކުރަން ފަށައިފިއެވެ. ޓްރެފިކް ލައިޓް ހަރުކުރަމުން ދަނީ ހިޔާ ފްލެޓްގެ 8 ވަނަ ޓަވަރު ހިސާބުގައެވެ.

މިއީ ހިޔާ ސަރަހައްދުގެ މަގުތަކުން ދުއްވާއެއްޗެއްސާއި އަދި ހިނގާފައި އުޅޭ މީހުންނަށްވެސް ލިބިގެންދާނެ ރައްކާތެރިކަމާއި އަމާންކަން ބޮޑު އެހީތެރިކަމެކެވެ.

މިކަމާ ބެހޭ ގޮތުން އޮޅުންފިލުވުމަށް، "ހަލި" ނޫހުން އާބަންކޯއަށް ތަކުރާރުކޮށް އެތައް ފަހަރަކު ގުޅުމުންވެސް ތިކަމާ ގުޅޭ ޕްރެސްބްރީފިންގއެއް ފޮނުވާނަމޭ ބުނި ކަމުގައިވިޔަސް އަދިވެސް އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެއެވެ.