މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާރވިސް(މެޓް)އިން މޫސުން ގޯސްވާނެ ކަމަށްލަފާކޮށް ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް ހުދު ސަމާލު ނެރެފިއެވެ.

މެޓުން ހުދު ސަމާލު ނެރެފައި ވަނީ ނ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.

އަދި މޫސުމާ ބެހޭ އިދާރާއިން މި ސަރަޙައްދުތަކަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު މިރޭ 19:00 ފެށިގެން ދަންވަރު 1:00 ހަމައަށެވެ.

އެގޮތުން މި ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަަމަށް މެޓުން ވަނީ ވިދާޅުވެފައެވެ. އަދި މީގެއިތުރުން ކަނޑުތައް ގަދަވާނެ ކަމަށްވެސް އެފަރާތުން ވަނީ ލަފާކުރެވޭ ކަމަށް ވިދާޅުވެފައެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް ވަރަށް ވިއްސާރަ ދުވަސް ވަރެކެވެ. އެގޮތުން މެޓުން ވަނީ އިއްޔެވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ހުދުސަމާލު ނެރެފައެވެ.