މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާރވިސް(މެޓް)އިން މޫސުން ގޯސްވާނެ ކަމަށްލަފާކޮށްމިއަދުވެސް ނ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއިހަމައަށް ހުދުސަމާލު ނެރެފިއެވެ.

އަދި މޫސުމާ ބެހޭ އިދާރާއިން މި ސަރަޙައްދުތަކަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 8:00 ފެށިގެން މެންދުރު 14:00 ހަމައަށެވެ.

ހުދު ސަމާލުގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވުން.ސަރަހައްދު

އެގޮތުން މި ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ކަނޑުތައް ގަދަވާނެ ކަމަށްވެސް އެފަރާތުން ވަނީ ލަފާކުރައްވާފައެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް ވަރަށް ވިއްސާރަ ދުވަސް ވަރެކެވެ. އެގޮތުން މެޓުން ވަނީ މެޓުން ވަނީ މީގެ ހަ ގަޑިއިރު ކުރިންނާ އިއްޔެވެސް ހަމަ މި ސަރަޙައްދު ތަކަށް ހުދު ސަމާލު ނެރެފައެވެ.