މާލޭ ގެއެއްގައި އޮސްޓްރިޗެއް ގެންގުޅޭ ފޮޓޮއެއް ސޯޝަލް މީޑިއާގަައި އާންމުވުމާއެކު، އެ ގޭގައި އޮސްޓްރިޗް ގެންގުޅޭ މައްސަލަ ފިޝަރީޒް މިނިސްޓްރީން ބަލަން ފަށައިފިއެވެ.

އޮސްޓްރިޗަކާއެކު މީހަކު ނަގާފައިވާ ފޮޓޯއެއް ދަނީ ސޯޝަލް މީޑިއާގައި ދައުރުކުރަމުންނެވެ. އެ ފޮޓޯގައި ފެންނަ ދޫނީގައި ފަސް ވަރަކަށް ފޫޓު ހުންނާނެއެވެ. އެމީހާ ވަނީ އެ ދޫނި ގެންގުޅުމަށް ފިޝަރީޒް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަވެސް އާންމުކޮށްފައެވެ.

"އަޅުގަނޑުމެންނަށް ރަސްމީކޮށް އެކަން އަންގައިފައެއް ނުވޭ. އެ ކަމު ސޯޝަލް މީޑިއާއިން ފެނިފައިވާތީ އެ ކަން މި ބަލަނީ،" ނަސްރުﷲ ވިދާޅުވިއެވެ.

ނަސްރުﷲ ވިދާޅުވީ ރާއްޖޭގައި އޮސްޓްރިޗު ގެންގުޅުމުގެ ހުއްދަ އެ މިނިސްޓްރީން ދޫކޮށްފައި އޮންނާނެ ކަމަށާއި ނަމަވެސް އެއީ ޕޯލްޓްރީ ފާމްތަކުގައި އެކަނި ކަމަށެވެ.

އެ މައްސަލައިގައި މިނިސްޓްރީން އަޅާނެ ވަކި ފިޔަވަޅެއް އެ ކަން ބެލުމަށްފަހު ހާމަކުރާނެ ކަމަށްވެސް އެބޭފުޅާވިދާޅުވިއެވެ.