ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ހޭންޑް ބޯލް ފެޑެރޭޝަން (އައިއެޗްއެފް) އޭޝިޔާ ސައުތު ސެންޓަރަލް ޒޯން ދޭއްގައި ނޭޕާލް ބަލިކޮށް ރާއްޖޭގެ 19 އަހަރާއި 17 އަހަރުން ދަށުގެ އަންހެން ހޭންޑް ބޯލް ޓީމު ލޯ މެޑަލް މިއަދު ހަވީރު ހޯދައިފިއެވެ.

ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމާއި 17 އަހަރުން ދަށުގެ ޓީމުވެސް ތިންވަނަ ހޯދީ ނޭޕާލާ ވާދަކޮށްކަން ފާހަގަ ކޮށްލެވެއެވެ.

ރާއްޖޭގައި ހޭންޑް ބޯޅައިގެ ފޯރިގަދަ ވަމުން އަންނައިރު އައިއެޗްއެފް ޓްރޮފީއަކީ ބައިނަލްއަގުވާމީ އަންހެން ހޭންޑް ބޯޅަ މުބާރާތެއްގައި ރާއްޖެއިން ވާދަ ކުރި ފުރަތަމަ މުބާރާތެވެ.

ރާއްޖޭގެ ދެޓީމުން ތިންވަނަ ހޯދުމުން ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފް ވަނީ ދެޓީމަށް މަރުބަޚަބާ ކިޔުއްވައި، ކުރިއަށް ދިޔުމަށް ގިނަގުނަ މަސައްކަތަކެއް ކުރަން ޖެހޭކަން ހާމަކުރައްވައިފައެވެ.