ކުރިއަށް އޮތް ޖޫން މަހު އިންޑިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އާއި ލުބްނާން އަދި ބަންގާޅު އެއްގްރޫޕެއްގައި ހިމެނިއްޖެއެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން ގުރުނެގުން ނިމުނުއިރު ރާއްޖެ ހިމެނޭ ގްރޫޕް ބީ ގައި ދެން ހިމެނެނީ ބޫޓާނެވެ. މިގްރޫޕުގައި ހިމެނޭ ލުބްނާނަކީ ސާކް ސަރަހައްދުން ބޭރުން ދައުވަތު ދީގެން ބައިވެރި ކުރި ގައުމެކެވެ.

އެންމެފަހުގެ ޗެމްޕިއަން އިންޑިޔާއާއެކު ގްރޫޕް އޭ ގައި ހިމެނީ ކުވައިތާއި ނޭޕާލް އަދި ޕާކިސްތާނެވެ. ކުވައިތަކީވެސް ސާކް ސަރަހައްދުން ބޭރުން ދައުވަތު ދީގެން ބައިވެރި ކުރި ގައުމެކެވެ.

ފީފާ ސަސްޕެންޝަނުގެ ސަބަބުން މިފަހަރު ލަންކާ މުބާރާތުން ނުފެންނާނެއެވެ.

ސާފް ޗެމްޕިއަންޝިޕް މިފަހަރު އޮންނާނީ އިންޑިޔާގެ ބެންގަލޫރުގައި ޖޫން 21 އިން 4 ޖުލައިއަށެވެ.