މާލެއިން ގެއްލިގެން ހޯދަމުންދިޔަ ކުޑަހުވަދޫ މީހާ ފެނިއްޖެ ކަމަށާއި އެނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އަދި އެނާ ފެނިފައިވަނީ މާލެއިންނެވެ.

ފުލުހުން ގެއްލިގެން ހޯދަމުން ގޮސްފައިވަނީ ދ. ކުޑަހުވަދޫ / ދިލްކަޝްވިލާ، އަލީ އާތިފް ސާފީ (30އ) އެވެ.

ފުލުހުން ބުނި ގޮތުގައި މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން އާތިފްގެ ހަބަރެއް ނުވެގެން އޭނާގެ އާއިލާގެ ފަރާތުން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ.