އިންޑިއާއާއި ޗައިނާއާ ދެމެދުގެ ސަރަހައްދީ ހަމަނުޖެހުމުގެ މައްސަލަ ހައްލު ކުރުމަށް މޭޖާ ޖެނަރަލުންގެ ފެންވަރުގައި ޑައުލަތު ބެގް އޮލްޑީ ސެކްޓަރުގައި މަޝްވަރާތައް ބާއްވައިފިއެވެ. މިއީ މިދިޔަ ތިން އަހަރު ދުވަހުން ފެށިގެން ހިނގަމުންދާ ސަރަހައްދީ ހަމަނުޖެހުން ހައްލުކުރުމަށް ބާއްވާފައިވާ މަތީ ފެންވަރުގެ މަޝްވަރާ ތަކެކެވެ.
އިންޑިއާއާއި ޗައިނާއިން ސިފައިންގެ މަޝްވަރާތައް އެންމެ ފަހުން ބާއްވާފައި ވަނީ މިދިޔަ މަހުއެވެ. ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް (އެލްއޭސީ) ގައި ހުރި މައްސަލަތައް ހައްލުކުރުމަށް ބާއްވާފައިވާ މަޝްވަރާތައް ބާއްވާފައި ވަނީ އިރުމަތީ ލަދާކްގައި ކޯޕްސް ކޮމާންޑަރުގެ ފެންވަރުގައެވެ. އެއީ އެފެންވަރުގައި ބާއްވާފައިވާ 18 ވަނަ ބުރުގެ މަޝްވަރާއެވެ.
ދައުލަތު ބޭގް އޯލްޑީގައި ބާއްވާފައިވާ މި ބައްދަލުވުމަކީ ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ)ގެ ޑިފެންސް މިނިސްޓަރުންގެ ބައްދަލުވުމާ ގުޅިގެން ބާއްވާފައިވާ ބައްދަލުވުމެކެވެ. އިންޑިއާއިން ބުނެފައި ވަނީ ދެފަރާތުގެ ގުޅުމާ ބެހޭ އެއްވެސް މަޝްވަރާއެއް ބޭއްވޭނީ އަސްކަރީ މައްސަލައަށް ހައްލެއް ލިބިގެން ކަމަށެވެ.
އޭގެ އިތުރުން އިންޑިއާއާއި ޗައިނާ ސިފައިން ގެންދަނީ ދެފަރާތުގެ ދަށުގައިވާ ސަރަހައްދުގައި އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރަމުންނެވެ. އެނގިފައިވާ ގޮތުގައި އިންޑިއާ އާއި ޗައިނާއިން ވަނީ އެންމެ ފަހުން ބޭއްވި މަޝްވަރާތަކުގައި ޑެޕްސަންގް ޕްލޭންސް އާއި ޑެމްޗޮކްގެ ސަރަހައްދުގައި މައްސަލަ ބޮޑު ނުކުރުމަށް މަޝްވަރާ ކޮށްފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި މިމަޝްވަރާތަކުގައި ކޮންމެވެސް ވަރެއްގެ ކުރިއެރުމއް ލިބިފައި ވެއެވެ.