އިޒްރޭލުގެ ސަރުކާރު ވައްޓާލުމަށް އަނެއްކާވެސް ތާކިހާ ވަޒީރު އިންޒާރު ދީފިއެވެ. ތާކިހާ ވަޒީރު އިޓާމާރް ބިން ގްވީރު ބުނަނީ އިޒްރޭލު ސަރުކާރުން ހުޅަނގު އައްސޭރިއާއި ގޯލާންގެ އުސް ބިންތަކުގައި ވަޒަންވެރިކޮށްފައިވާ ޔަހޫދީންނާ އަޅާ ނުލާ ކަމަށެވެ. އަދި އޭނާ ބުނެފައި ވަނީ އެ ސަބަބާ ހެދި އަނެއްކާވެސް އެނާ އިޒްރޭލުގެ ޕާލަމެންޓްގެ ޖަލްސާތައް ބޮއިކޮޓް ކުރާނެ ކަމަށެވެ.
މީގެ ކުރިން އޭނާގެ ޕާޓީން ޕާލަމެންޓްގެ ޖަލްސާތައް ބޮއިކޮޓް ކުރީ ޣައްޒާއަށް ބޮން ނައަޅައިގެންނެވެ.
އިޒްރޭލުގެ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ބުނަނީ ތާކިހާ ވަޒީރަށް މުހިންމު ވަނީ ސަރުކާރު އެކަތި ގަނޑަކަށް ބޭއްވުމަށް ވުރެން ބޮޑަށް އޭނާގެ މީޑިއާ އުކުޅުތައް ކަމަށެވެ.
އަދި އެހން ބަޔަކު ބުނެފައި ވަނީ ކަނާތު ފިޔައިގެ ސަރުކާރު ވެއްތިއްޖެނަމަ މީހުން އޭނާއަށް މަލާމާތް ކުރާނެ ކަމަށެވެ. އެކަމަކު އޭރުންވެރިކަން ލިބޭނީ ވާތުފިޔައިގެ މީހުންނަށް ކަމަށެވެ.
އިޒްރޭލުގެ އެތެރޭގައި ބައިބައިވުން ބޮޑުވުމުން ހައްދުފަހަނައަޅާފައިވާ ކަނާތު ފިޔާގެ ސަރުކާރުން ދައުރު ފުރިހަމަ ކުރާނެކަމަށް ނުބެލެވޭ ކަމަށް މުހައްލިލުން ދެކެއެވެ.